ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ 2024 ވަނަ އަހަރުގެ ދެވަނަ ސެޝަން ބާއްވައިފި އެވެ.
ގްރޭޑް 10އަކުން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްގެން އިސްރަށްވެހިންގެ ނާދީގައި ޖުލައި 7 ވަނަ ދުވަހު ބޭއްވި މި އިވެންޓުގައި ތަފާތު ހަރަކާތްތަކާއި، ކުޅިވަރާއި، މަޝްވަރާގެ ތެރެއިން ސެޝަންގެ ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން މާލީ މިނިވަންކަމާއި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އިންވެސްޓްކުރުން ފަދަ މުހިންމު މައުޟޫއުތަކަށް އަލި އަޅުވާލާފައިވެއެވެ.
މި ޕްރޮގްރާމަކީ މާލީ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.